ތަޢުލީމީ ދާއިރާގައި ޒަމާނީ ވަސީލަތްތައް އަދާކުރާ
ދައުރުގެ ވާހަކަ ދައްކާއިރު މިހާރު މިއޮތް ތަޢުލީމީ ނިޒާމަށް އައިސްފައިވާ
ތަރައްޤީ ފެށިފައިވާގޮތް ނުވަތަ އޭގެ ތާރީޚަށް ދިޔުމަކީ ވަރަށް މުހިންމުކަމެކެވެ. ތަޢުލީމާއި
ޓެކްނޮލޮޖީއަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެކަމެކެވެ. ތަޢުލީމާގުޅޭ
ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި ތަރައްޤީތައް ޚުލާސާކޮށްލާއިރު މުއާސަލާތީ
ވަސީލަތްތަކަށް އައި ބަދަލުތަކަށް އަލިއަޅުވާލުމަކީ މުހިންމުކަމެކެވެ.
އޯރަލް ކޮމިއުނިކޭޝަން:
ޒަމާނުއްސުރެވެސް ކިޔަވައިދެވެމުންއައީ އަނގަބަހުން ނަމަވެސް
ދުވަސްވަމުންއައި ވަރަކަށް، ކިޔަވައިދިނުމުގައި އެހީއެއްގެ ގޮތުގައި ގިނަ
މިންވަރަކަށް ޓެކްނެލޮޖީ ބޭނުންކުރެވުނެވެ. އިހުޒަމާނުގައި،
ތާރީޚާބެހޭ ކަންތައްތައް ކިޔަވައިދިނުމުގައި އެ ހާދިސާތަކާއި ކަންތައްތައް އޭގެ
އަސްލު ނުގެއްލޭގޮތަށް ހަނދާނުގައި ބަހައްޓައިގެން އަނގަބަހުން ކިޔަވައިދެމުންދިޔައެވެ.
އަދި ލިޔެކިޔުންތައް ބޭނުންކުރުމުގެ ބަދަލުގައި އިވޭ އެއްޗަކަށް ބަރޯސާވެގެން އެތަކެތި
ހަނދާނުގައި ބަހައްޓައިގެން އުނގެނެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. އިހުގައި
އުނގަންނައި ދިނުމުގައާއި އުނގެނުމުގައިވެސް ބޭނުންކުރެވެމުންއައީ ދެކެވުނު
ވާހަކަތަކެވެ. އެހެން ނަމަވެސް، 15 ވަނަ ގަރުނަށް އައިއިރު، އިހުގެ ގްރީސްގައި ގިނަ
އަދަދެއްގެ ލިޔުންތައް ފެންނަންހުއްޓެވެ.
12 ވަނަ ގަރުނުގައި އިންޑިއާގައި ކިޔަވައިދިނުށާއި
އުނގެނުމަށް، ކަޅުކުލައިގެ ތުނި ގައު (ސްލޭޓް ބޯޑް) ބޭނުން ކުރެވުނެވެ. އެތަކެއްޗަކީ އެތައްފަހަރަކު
ބޭނުންކުރެވޭގޮތަށް އަދި ބޭނުންކުރުމަށްފަހު ދޮވެލެވޭގޮތަށް ހެދިފައިވާ
ތަކެއްޗެވެ. ދިވެހިރާއްޖޭގައި އެގޮތަށް ބޭނުންކުރެވެމުންއައީ މަށި ބޭނުންކޮށްގެން
ހަދާފައިހުންނަ ވޮށުފިލައެވެ. 18 ވަނަ ގަރުނަށް އައިއިރު ކިޔަވައިދިނުމަށް
ސްކޫލްތަކުގައި ބްލެކް ބޯޑް ބޭނުންކުރަންފެށުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ
ފަހުކޮޅު އެމެރިކާގެ އާރމީގެ ތަމްރީންތަކަށާއި، ކިޔަވައިދިނުމަށް އޯވަރހެޑް ޕްރޮޖެކްޓަރުތައް
ބޭނުންކުރެވުނު ނަމަވެސް 1990 ވަނަ އަހަރުން ފެށިގެން އޭގެ ބަދަލުގައި ޕަވަރޕޮއިންޓާއި، ކަރަންޓު ޕްރޮޖެކްޓަރުތައް
ބޭނުންކުރަންފެށުނެވެ. ތަޢުލީމާގުޅޭ ޓެކްނޮލޮޖީއާ ގުޅުންހުރި ގިނަ ކަންތައްތައް
ތަރައްޤީވަމުންއައީ ހަމައެކަނި ތަޢުލީމީ ދާއިރާއަށް ޚާއްސަވެގެން ނޫންކަމާއި
އެހެނިހެން ދާއިރާތަކަށްކަން (މައިގަނޑުގޮތެއްގައި ވިޔަފާރިއާގުޅޭ ދާއިރާތައް)
ފާހަގަކޮށްލަމެވެ.
ކޭބަލް ސިސްޓަމްތަކާއި ކޮންފަރެންސް ރޫމްތައް
ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސް ބޭނުންކުރެވެންފެށީ 1980 ގެ އަހަރުތަކުގެ
ތެރޭގައެވެ. އަދި 2008 ވަނަ އަހަރު ލެކްޗަރ ކެޕްޗަރ ސިސްޓަމްސްގެ އެހީގައި
ކްލާސްރޫމް ލެކްޗަރތައް ރެކޯޑްކުރެވި ސްޓްރީމްކުރެވޭގޮތްވިއެވެ. ވެބިނާރސް (އިންޓަރނެޓް
މެދުވެރިކޮށް ބޭއްވޭ ސެމިނަރތައް) ބޭނުންކުރެވެނީ އިންޓަރނެޓް މެދުވެރިކޮށް
އެކިފަރާތްތަކަށް ލެކްޗަރތައް ފޯރުކޮށްދިނުމަށެވެ.
ރިޓަން ކޮމިއުނިކޭޝަން (ލިޔުމުން ކުރެވޭ މުޢާމަލާތްތައް):
15 ވަނަ ގަރުނުގައި ފޮޓޯ ކޮޕީ
މެޝިންތައް އުފެދި، ކޮޕީނެގުމުގެ ޚިދުމަތް ތަޢާރަފްވުމާގުޅިގެން މިހާރު
އިންޓަރނެޓްއިން މަޢުލޫމާތު ލިބެންހުންނަ ބީދައިން ލިޔެކިޔުމުން ލިބެންހުންނަ
މަޢުލޫމާތު އެއްވެސް އުނދަގުލެއްނެތި ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު އެތައް
ބަޔަކަށް ފަހިވެގެންދިޔައެވެ. މިގޮތުން ސަރުކާރު ވަޒީފާތަކުގައި އަދި
ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކަށް މިކަންކަމަށް އަހުލުވެރިވެ އުނގެނުން
ކޮންމެހެން މުހިންމުކަމަކަށްވެ، ޔޫރަޕްގައި
ތަޢުލީމް (ފޯމަލް އެޑިޔުކޭޝަން) ފުޅާވެގެންދިޔައެވެ. 19 ވަނަ ޤަރުނުގައި
ދަތުރުފަތުރުކުރުމަށް އައި ކުރިއެރުންތަކާއި، 1840 ގެ އަހަރުތަކުގައި ޕޯސްޓަލް
ސިސްޓަމްގެ އަގުތަކަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން އެހެން ޤައުމުތަކުން މަތީ
ތަޢުލީމު ހޯދުމުގައި ފަސޭހަތަކެއްވެ، އޯޕަން ޔުނިވަރސިޓީތައް
ޤާއިމްކުރެވިގެންދިޔައެވެ. 1990 އަހަރުތަކުގެ ތެރޭގައި، ވެބް-ބޭސްޑް ލަރނިންގ
މެނޭޖްމަންޓް ސިސްޓަމްތައް ތަރައްޤީވުމާގުޅިގެން ލިޔުމުން ކުރެވޭ މުޢާމަލާތްތައް
ވެގެންދިޔައީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މުޢާސަލާތުކުރުމުގެ އެއް
ވަސީލަތަކަށެވެ. ނަމަވެސް ލެކްޗަރ ކެޕްޗަރ (ލެކްޗަރތަކާއި، ސެމިނަރތައް އަދި
އެކަމާގުޅޭ ކަންތައްތައް ރެކޯޑްކުރުން) އައުމާއި ގުޅިގެން އެކަން މިހާރުވަނީ
ބަދަލުވެފައެވެ.
ބްރޯޑްކާސްޓިންގ އެންޑް ވީޑިއޯ:
1920 ގެ އަހަރުތަކުގައި ތަޢުލީމީ
ޕްރޮގްރާމްތައް ބީ.ބީ.ސީ އިން ބްރޯޑްކާސްޓްކުރަން ފެށުނެވެ. ރޭޑިއޯ
ޕްރޮގްރާމްތަކަކީ ހަމައެކަނި އަޑު ބޭނުންކޮށްގެން މަޢުލޫމާތު ފަތުރާ އެއްޗެއް
ނަމަވެސް ޓީ.ވީ ޕްރޮގްރާމްތަކުގައި ލެކްޗަރސް ބޭނުމެއްނުކުރެވެއެވެ. އެކަމަކު ޓީ.ވީ
ޕްރޮގްރާމްތަކުން އެންމެ ބޮޑު ސަމާލުކަމެއްދިނީ ޑޮކިއުމެންޓްރީތަކާއި،
ކަންތައްތައް ހިނގަމުންއަންނަގޮތާއި، ކޭސް ސްޑަޓީޒްތަކަށެވެ. އެގޮތުން އެ
ޕްރޮގްރާމްތައް ބެލުމަށްފަހު އެކަމާބެހޭގޮތުން އިތުރަށް ވާހަކަދައްކައި ބަހުސްކުރެވޭނެފަދަ މައުޟޫއުތަކެއް ގެނެސްދެވޭތޯ ބެލިއެވެ. އޯޑިއޯ
އަދި ވީޑިއޯ ކެސެޓް ފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފްކުރެވުމާގުޅިގެން، ވަގުތުން ގެނެސްދެވޭ ޕްރޮގްރާމްތައް ޚާއްސަކޮށް ރޭޑިއޯ
ޕްރޮގްރާމްތައް މަދުވި ނަމަވެސް އަދިވެސް ދުނިޔޭގެ އެކިހިސާބުތަކުގައި
ތަޢުލީމާގުޅޭ ޕްރޮގްރާމްތައް ގެނެސްދެއެވެ. (މިސާލު: އެމެރިކާ-ޑިސްކަވަރީ ޗެނަލް، ޕީ.ބީ.އެސް-ހިސްޓްރީ
ޗެނަލް)
ތަޢުލީމާގުޅޭ ބޭނުންތަކަށް
ޓީ.ވީ ބޭނުންކުރުން މުޅި ދުނިޔެއަށް ފެތުރެންފެށީ 1970 ގެ އަހަރުތަކުގެ ތެރޭގައި
ވޯލްޑް ބޭންކް އަދި ޔުނެސްކޯ ފަދަ ބައިނަލްއަޤްވާމީ އޭޖެންސީތަކުގައެވެ. މިއީ ތަރައްޤީވަމުން އަންނަ ގައުމުތަކަށް ހުޅުވިގެންދާ
ފުރުޞަތުތަކެއް ނަމަވެސް އެގައުމުތަކުން ކުރަމުންދިޔަ އުންމީދު ފަނޑުވާންފެށީ
ކަރަންޓުލިބުމަށްދިމާވާ ދަތިތަކާއި، އެތަކެތީގެ އަގު ބޮޑުވުމާއި، ޢާންމުންނަށް ލިބެންހުންނަ އާލާތްތަކުގެ ސަލާމަތީ
ސަބަބުތަކަށްޓަކައާއި، އެތަނެއްގެ މޫސުމާއި، ޓީޗަރުން މި ބަދަލާއިމެދު ދެކޭގޮތާއި، އެތަނެއްގައި ބޭނުންކުރެވޭ ބަސް އަދި އެބައެއްގެ ސަޤާފަތާގުޅޭ މައްސަލަތަކެއް
ހުރިކަމަށް ބެލެވިގެންނެވެ. އަދި 1980 ގެ
އަހަރުތަކުގައި ސެޓެލައިޓް ބްރޯޑްކާސްޓިންގެ ޚިދުމަތް މުޅި ދުނިޔެއަށް
ލިބެންފެށުމާގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކުގެ
ލެކްޗަރތައް ތަރައްޤީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ކުރިން
ފާހަގަކޮށްލިފަދަ އުންމީދުތަކެއް އެ ގައުމުތަކުން ކުރިނަމަވެސް އިސްވެ ބުނެވިދިޔަ
ސަބަބުތަކަށްޓަކައި އެ އުންމީދުތައްވެސް ވަރަށް އަވަހަށް ފަނޑުވެގެންދިއައެވެ. އެހެންނަމަވެސް،
1983 ވަނަ އަހަރު އިންޑިއާގައި އަމިއްލަ ސެޓެލައިޓެއް (INSAT)
ޤާއިމްކުރުމަށްފަހު އެގައުމުގެ ތަޢުލީމާގުޅޭ ޓީވީ ޕްރޮގްރާމްތައް އިންޑިއާގައި
ފަރުމާކުރެވިފައިވާ ރިސީވަރުތަކުންނާއި ޓީވީތަކުން ތަފާތު ބަސްބަހުން ސްކޫލްތަކަށާއި،
އިޖްތިމާޢީ މަރުކަޒުތަކަށް ފޯރުކޮށްދެވުނެވެ. އިންޑިއާގައި އެ ގައުމުގެ ފަގީރުން
ދިރިއުޅޭ ހިސާބުތަކަށް އަދިވެސް ޓެލެ-އެޑިޔުކޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސެޓެލައިޓް
ބޭނުންކުރަމުންދެއެވެ.
1990 ގެ އަހަރުތަކުގެ
ތެރޭގައި ޑިޖިޓަލް ކޮމްޕްރެޝަން އަދި ހައި ސްޕީޑް އިންޓަރނެޓް ބޭނުންކުރަން ފެށުމާގުޅިގެން
ވީޑިއޯ އުފެއްދުމާއި ފޯރުކޮށްދިނުމުގެ އަގު ހަލުއިމިނެއްގައި
ދަށަށްގޮސްފައިވެއެވެ. ވީޑިއޯ ރެކޯޑްކުރުމާއި ފޯރުކޮށްދިނުމުގެ އަގު ދަށްވުމުގެ ސަބަބުން
ލެކްޗަރ ކެޕްޗަރ ސިސްޓަމްތަކަށް އިތުރު ކުރިއެރުމެއް ލިބުނެވެ. ލެކްޗަރ ކެޕްޗަރ
ޓެކްނޮލޮޖީ ތަރައްޤީވުމާއިގުޅިގެން އިންޓަރނެޓް ހުރި ކޮންމެ ތަނަކުން ކޮންމެ
އިރެއްގައިވެސް ލެކްޗަރތައް ބޭނުންކުރުމުގެ ފުރުޞަތު ކިޔަވާކުދިންނަށް ލިބފައިވެއެވެ.
2005 ވަނަ އަހަރު ޔޫޓިއުބް އުފެދި އަދި ވިދިގެންއައި އަހަރު ގޫގަލް އިން ޔޫޓިއުބް
ގަތުމާއިގުޅިގެން ތަޢުލީމާގުޅޭ މަޢުލޫމާތު ހިމެނޭ ކުރު ވީޑިއޯ ކްލިޕްތައް އޮންލައިން
ކޯސްތަކާ ލިންކް ކުރެވި، އެ ކްލިޕްތައް
ޑައުންލޯޑްކުރެވޭގޮތްވިއެވެ. ލެކްޗަރ ކެޕްޗަރ ބޭނުންކުރެވުނު ނަމަވެސް ތަޢުލީމު
އުނގަންނައިދިނުމަށް އެންމެ ކުރިންސުރެވެސް ބޭނުންކުރަމުންދިޔަ އޯރަލް
ކޮމިއުނިކޭޝަން އަކަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.
ސޯޝަލް މީޑިއާ:
ޔުނިވަރސިޓީތަކުންނާއި ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކުން
އެފަރާތްތަކުގެ ކޮލެޖްތަކާއި، ޔުނިވަރސިޓީތައް މާރކެޓްކުރުމަށް ސޯޝަލް މީޑިއާ
ބޭނުންކުރަމުން ގެންދެއެވެ. ސޯޝަލް މީޑިއާގައި ހިމެނޭ ތަފާތު ޓެކްނޮލޮޖީތަކުގެ
ތެރޭގައި، ބްލޮގްތަކާއި، ވިކީތަކާއި، ޔޫޓިއުބް ވީޑިއޯތަކާއި، ފޯނާއި ޓެބްލެޓް ފަދަ މޮބައިލް ޑިވައިސްތަކާއި، ޓްވިޓަރ، ސްކައިޕް އަދި
ފޭސްބުކް ހިމެނެއެވެ. މިއީ މީހުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކާއި، އެކަކު އަނެކަކާ ހިއްސާކުރެވޭ މަޢުލޫމާތާއި ޚިޔާލުތައް
ވަރޗުއަލް ކޮމިއުނިޓީތަކާ ހިއްސާކުރުމަށް އިންޓަރނެޓް މެދުވެރިކޮށް ބޭނުންކުރެވޭ
އެޕްލިކޭޝަންތަކެކެވެ.
މަޢުލޫމާތު މުއްސަނދިވާ އެފަދަ އެއް އެޕްލިކޭޝަނަކީ،
ޓްވިޓަރއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލްކުދިންގެ ތެރެއިން %75 ކުދިންނަކީ
ޓުވިޓަރގައި އަބަދުވެސް އޮންލައިންކޮށް އުޅޭބައެކެވެ. އަދި އެކުދިން ތަފާތު ލިޔުންތައް
ޝެއަރކުރުމާއި، ބަހުސްތައް ކުރުމާއި، ސުވާލުތަށް ކުރުމާއި، އެކިކަހަލަ މަޢުލޫމާތު ހޯދުމުގައި ވަގުތުހޭދަކުރެއެވެ.
ޓްވިޓަރގައި ނަން މަޝްހޫރު ކޮލެޖްތަކާއި،
ޔުނިވަރސިޓީތަކާއި، އަދި އެކި ދާއިރާތަކުން ކުރިއަރާފައިވާ މީހުން އުޅޭކަމީ
ތަޢުލީމު ހާސިލްކުރުމަށް ލިބުނު އިތުރު ފުރުޞަތަކެވެ.
ޓެކްނޮލޮޖީއާއި ސްކޫލްތައް:
19 ވަނަ ޤަރުނުގައި ތަޢުލީމާގުޅޭ ޓެކްނޮލޮޖީއަށް ވަރަށް
ގިނަ ތަރައްޤީތަކެއް އައިސްފައިވެއެވެ. މިގޮތުން، ޓެކްސްޓް ފޮތްތައް އުފެއްދުމާއި،
ބްލެކްބޯޑް ބޭނުންކުރަންފެށުމާއި، ލިޔުންތެރިކަމަށް އައި ކުރިއެރުންތައް
(ގަލަމާއި، ދެލި ބޭނުންކުރެވުން) ފާހަގަކޮށްލެވެއެވެ. އަދި "ވިޝުއަލް
އިންސްޓްރަކްޝަން" މޫވްމަންޓް އަށް މަގުފަހިވި، ފޮޓޯގްރަފީ ތަޢާރަފްވެފައިވަނީވެސް
19 ވަނަ ޤަރުނުގެ ތެރޭގައެވެ.
ސްކޫލްތަކުގައި އިންޓަރނެޓް، އީމެއިލް، ޕްރޮޖެކްޓަރ، ސްމާޓްބޯޑް
ފަދަ ޓެކްނޮލޮޖީގެ ވަޞީލަތްތައް ލިބެންހުރުމުން ވަރަށް ގިނަ ފައިދާތަކަށް ތަޢުލީމީ
ދާއިރާއަށް ކުރިއެވެ. މިގޮތުން ކުރިގައި ޓެސްޓް ޕޭޕަރު ތައްޔާރުކުރެވެނީ
އަތުންލިޔެގެން ކަމުގައިވީނަމަވެސް މިހާރު ކޮމްޕިއުޓަރާއި، ފޮޓޯ ކޮޕީ މެޝިން ތަޢާރަފްވުމާގުޅިގެން
އަތުން ލިޔުމުގެ ބަދަލުގައި ޓައިޕްކުރެވި ކޮޕީ ނެގުމުގެ ޚިދުމަތްލިބިގެންދިއައެވެ.
އަދި ކޮމްޕިއުޓަރު މެދުވެރިކޮށް ދަރިވަރުންގެ މާކްސް ރެކޯޑްކުރުމާއި، ލެސަން
ޕްލޭން ހެދުމާއި، އިލެކްޓްރޯނިކް ގްރޭޑް ފޮތްތައް ބޭނުންކުރުމުން މަސައްކަތް
އަވަސްވެފައި ފުރިހަމަވެގެންދިއައެވެ.
މި އޮތް ތަޢުލީމީ ނިޒާމުގައި ޓެކްނޮލޮޖީއާނުލައި
ކިޔަވައިދިނުމަކީ ވާނެކަމެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ޓެކްނޮލޮޖީގެ ސަބަބުން
ދަރިވަރުން ކަންތައްތަކާ ވިސްނާގޮތަށާއި ދަސްކުރާގޮތްތަކަށް ބޮޑެތި ބަދަލުތަކެއް
އައިސްފައިވެއެވެ. ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމުން ވަގުތު
ސަލާމަތްކުރެވޭ މިންވަރު ބޮޑުވެ، އިތުރަށް ފުރިހަމައަށް މަސައްކަތްތައް ކުރެވި،
ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަމާއި ޝަޢުގުވެރިކަން އިތުރުވެއެވެ.
ރިފަރެންސް:
http://www.bbcactive.com
https://en.wikipedia.org/wiki/Educational_technology
http://edutech202.blogspot.com
http://www.topuniversities.com
http://www.tonybates.ca


ޖުމްލަގޮތެއްގައި އާޓިކަލް ރަނގަޅެވެ.ޓީވީއާއި ރޭޑިއޯ ޕްރޮގްރާމް ތަކުގެވާކައިގެ މިސާލުގައި އެމެރިކާ ޑިސްކަވަރީ އާއި ޕީ ބީ އެސް ހިސްޓްރީ ޗެނެލްގެ ވާހަކަގެނައިއިރު އެއާއި އެކު ދިވެރާއްޖޭގައި ރޭޑިއޯއިން ގެނެސްދިން އަސާސީ ތަޢުލީމްގެވާހަކައާއި މުދައްރިސުންގެ ދުނިޔެ ފަދަ ޕްރޮގްރާމް ތަކަށް ޛިކުރުކޮށްލިނަމަ އަދި އިތުރު ފުރުހަމަކަމެއް އައިހެވެ.އަދި ހަމަ އެހެންމެ އިންޓަނެޓާއި އީމެއިލް ޕްރޮޖެކްޓަރ އަދި ސްމާރޓްބޯޑުގެ ވާހަކައިގާ އެހުރި ކަންކަމަށްވުރެ މަތީލެވެލްއެއްގެ ބޭނުންތައް އެއިން ހިފަމުންދާކަން ފާހަގަކޮށްލެވުނުނަމ ވަރަށް ފުރިހަމަވީހެވެ.
ReplyDeleteޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމީ ދާއިރާއަށް އައި ކުރިއެރުން މި ލިޔުން ކިޔައިލުމުން އެނގިގެން ދެއެވެ.
ReplyDeleteޓެކްނޮލޮޖީގެ ސަބަބުން ތައުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް މި އާޓިކަލުން އިންގިގެންދޭ. ލިޔުން ވަރަށް ފުރިހަމަ.
ReplyDeleteވަޒީފާގައި އުޅޭމިހުންނަށްވެސް ޓެކްނޮލޮޖީގޮތުން ކިޔެވިދާނެ ތަފާތު ގޮތްތައް ހުރިކަން މިލިޔުން ކިިޔާލުން ފާހަގަ ކުރެވިފައިވެއެވެ. ،
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމި ލިޔުމުގައި ވަރަށް ރަނގަޅަށް ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވައިދީފައިވެއެވެ. އަދި ލިޔުމުގައި ގެނެސްދީފައިވާ ވަސީލަތްތައް އުފެދިފައިވާ ގޮތާއި އެވަސީލަތްތައް
ReplyDeleteބޭނުންކުރާ ގޮތްވެސް ވަރަށް ރަނގަޅަށް ގެނެސްދީފައި ހުރިކަން ފާހަގަ ކުރެވެއެވެ.
ޓެކްނޮލޮޖީއާ ނުލާ މިހާރު ކިޔެވުން ފުރިހަމއެއް ނުވާނެކަން ޘާބިތުކޮށްދޭ ވ ފުރިހަމަ ލިޔުންކޮޅެއް.. ماشاءالله.
ReplyDeleteމި ލިޔުމުގައި ތަޢުލީމުގެ ސަބަބުން އައިސްފައިވާ ކުރިއެރުންތައް ވަރަށް ފުރިހަމަ އަށް އެނގިގެން ދިޔަ
ReplyDeleteފޮޓޯތައް އިތުރުކޮށްލިނަމަ އިތުރަށް ފުރިަހަމަ ވާނެ
ވަރަށް ފުރިހަމައަށް ދިރާސާ ކުރުމަށްފަހު ލިޔެފައިވާ އަދި އެހާމެ ފުރިހަމަ ލިޔުމެކެވެ. ލިޔުން އަތުރާލައިފައިވާގޮތް ކިތަންމެހާވެސް ފުރިހަމައެވެ. މައުލޫމާތުން ފުރިގެންވަ ލިޔުމެކެވެ.
ReplyDeleteދިރާސާކޮށް މަޢުލޫމާތު ހޯދައިގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަކުރަން މަޢުލޫމާތުން ފުރިގެންވާ މުއްސަދި ލިޔުމެކެވެ.
ReplyDeleteވަރަށް މައުލޫމާތު ރަނގަޅު. ލިޔުންގަނޑުގެ ތެރޭގައި ހަވާލާދީ ލިންކު ކޮށްލިނަމަ އިތުރަށް ފުރިހަމަ ވީސް.
ReplyDelete