ތަޢާރަފު
މިލިޔުމަކީ އިސްލާމިކް ޔުނިވަރސިޓީ އިން ހިނގާ
ކޯހެއް ކަމުގާވާ ޕޯސްޓް ގުރެޖްއޭޓް ޑިޕްލޮމާ އިންޓީޗިނގް، މިއަހަރު (2015) ގެ
ފުރަތަމަ ބުރުގެ ދަރިވަރުން ކިޔެވުމަށް، އެމާއްދާ
ކިޔަވައިދެއްވާ އުސްތާޛް ޒާހިދު ހަވާލުކުރައްވައިގެން ކުރާމަސައްކަތެކެވެ.
މިމަސައްކަތް ކުރަން ޖެހޭ ގޮތަކީ، މިކޯހުގެ ކޮންމެ ބައިވެރިއަކުމެ، ބުލޮގެއް
ހަދަން ދަސްކުރުމަށްފަހު، އުސްތާޛް ހެއްދެވި ގުރޫޕް ތަކުން ކުރެ ކޮންމެ
ގުރޫޕަކުން ބުލޮގެއް ހަދާ އެގުރޫޕެއްގެ ދަރިވަރަކު އެގުރޫޕެއްގެ ބުލޮގަށް
އާޓިކަލެއްލިޔެ އެލިޔުނު ދަރިވަރެއްގެ މޭލް ތުރޫކޮށް އެލިޔުނު އާޓިކަލް ފޮނުވާ
ޝާއިޢު ކުރާގޮތަށެވެ.
ޒަމާނީ ސްކޫލް،
ކުލާސްރޫމް ޓެކްނޮލޮޖީއަށް ބަލާއިރު މިޒަމާނުގެ ބައެއް ސްކޫލު މަދަރުސާތަކާއި
ކޮލެޖު ޔުނިވަރސިޓީތަކުގައި ފާހަގަ ކޮށްލެވޭ މިންވަރަށް ކްލާސްރޫމް ޓެކުނޮލޮޖީ
ގާއިމު ކުރެވިފައިވެއެވެ. މިކަމަކީ އުގަންނައިދިނުމަށް ފަސޭހަ، ކާމިޔާބު ވަސީލަތަކަށް މުޅި ދުނިޔެ ބަލައިގަންނަ އެއްޗެކެވެ.
މިކަމަކީ އެންމެންނަށްނެ ލާބަޔާއި ފައިދާ ހުރި ކަންތައްކަމުގާ އެންމެން
ޤަބޫލުކުރާކަންތަކެވެ.
ދުނިޔޭގައި
ކުރިއަރާފައިވާ ޤައުމުތަކުގައި މިވަސީލަތްތައް މަތީފެންވަރަކަށް ގާއިމު
ކުރެވިފައިވެއެވެ. ތަރައްގީވަމުން އަންނަ، އަޅުގަނޑުމެންގެ ގައުމުކަހަލަ ގައުމުތަކުގައިވެސް
މިހާރަކަށް އައިސް ޒަމާނީ ޓެކުނޮލޮޖީ ގާއިމުކުރެވެމުން އަންނަނީ
ހަލުވިކަމާއެކުގައެވެ. ކަމުގެ މުހިއްމުކަމާ ފައިދާއަށް ބަލާއިރު މީރަނގަޅު
އިންވެސްޓަކަށް ވަނީވެފައެވެ. ތެދަށް ބުނަނީނަމަ މިހާރު ޒަމާނީ ސްކޫލް، ކުލާސްރޫމް
ޓެކްނޮލޮޖީ ނުހުންނަ އުގަންނައިދޭ މަރުކަޒު ތަކަކީ ކާމިޔާބު ތަންތަން ކަމުގާ
ނުބަލައެވެ. ދަރިފުޅު އެމަރުކަޒަކަށް ވެއްދުމަށް ނިންމާނީ ޒަމާނީ ވަސީލަތްތައް
ގާއިމުވެފައިތޯ ބެލުމަށްފަހުގައެވެ.
މިހާރު
އަޅުގަނޑުމެންގެ ރާއްޖޭގާވެސް ޒަމާނީ ސްކޫލް، ކުލާސްރޫމުގެ ޓެކްނޮލޮޖީ ދުނިޔޭގެ
ފެންވަރުގައި ގާއިމުވެފައިވާ ކޮލެޖް މަދަރުސާތައް އެބަހުއްޓެވެ. މިތަންތަނުގެ
ފެންވަރަކީ، ފަހުގެ ހޯދުންތަކުގެ އަލީގައި ކުލާސްރޯމްތައް ތައްޔާރު
ކުރެވިފައިވުމެވެ. އުގަނނައިދޭ ތަންތަނުގާ ހުންނަންވާގޮތަށް ލައިޓިންގ ސިސްޓަމާއި
ސައުންޑާއި ކުލާހުގެ ފާރުތަކުގައި ލެވިފައިވާ ކުލަތަކުން ފުރިހަމަ ކުރެވި،
އުގެނުމަށް ފަސޭހަ މާހައުލަކަށް ހަދާފައި ހުންނަނީ، ދަރިވަރު ކިޔަވަން ކުލާހުގާ
ހުންނައިރު ބެލެނިވެރިން ބޭނުންވަގުތެއްގައި ދަރިފުޅުގެ ހަރަކާތްތައް ހުންނަގޮތް
ބަލާލެވޭ ފެންވަރަށެވެ. އަތުގައިވާ ޑިވައިސް (ފޯނު) ބޭނުންކޮށްގެ ދަރިފުޅު
އުޅޭގޮތް ކޮންމެ ވަގުތެއްގައި ބެލޭފަދަ ގޮތަކަށެވެ.
ސްކޫލުގެ ވެރިން ފިނިކޮޓަރީގައި
ތިއްބަވައިގެން ކުލާސްތައް ބަލާ އަންގަން ބޭނުން އެންގުންތައް އަންގައި،
ކިޔަވައިދިނުމުގާ ނުވަތަ އެހެންވެސް ކަމެއް ދިމާވެގެން އަންގާ އެންގުންތަށް
އަނގާހަދަނީ ތިބިތާތިބެގެންނެވެ. އަދި ބައެއް ހާލަތް ތަކުގައި ކުލާހަށް
މުދައްރިސަކު ފޮނުވުމަކާ ނުލާވެސް ކިޔަވައިދެވި، އިއްވަން ބޭނުންވާ އަޑުތައްވެސް
އިއްވަމުން ދެއެވެ. މީޒަމާނީ ޓެކުނޮލޮޖީގެ ފަސޭހަކަމެވެ.
ޒަމާނީ ސްކޫލް،
ކުލާސްރޫމު ޓެކްނޮލޮޖީގެ ޚަރަދު ބޮޑުކަމުގާވިޔަސް ވަސީލަތް ތަކާއެކު ދެވޭ ތަޢުލީމު
މުޖުތަމަޢުން ބަލައިގަންނާތީއެވެ.
އަޅުގަނޑަކީ
މަޖީދިއްޔާ ސްކޫލް ޓީޗަރަކަށްވާތީ، މިތާ މިބަޔާންކުރާ ޒަމާނީ ސްކޫލް، ކުލާސްރޫމު ޓެކްނޮލޮޖީގެ
ފަސޭހަކަމާ ކާމިޔާބުކަން އެނގޭނޭ އެކަކީ އަޅުގަނޑެވެ. ޚަރަދު ބޮޑުކަމުގާވިޔަސް
ވަސީލަތް ތަކާއެކު ދެވޭ ތަޢުލީމު މުޖުތަމަޢުން ބަލައިގަންނަ ކަމަށް ހެކިވާނެ
އެކަކީމެވެ. ތެދު ތެދަށް ދަންނަވަނީ ނަމަ ރާއްޖޭގާ މިދެންނެވި، ޒަމާނީ ސްކޫލް،
ކުލާސްރޫމު ޓެކްނޮލޮޖީ އެންމެ ފުރަތަމަ މިފެންވަރުގާ ޤާއިމު ކުރެވި ޚިދުމަތް
ދޭންފެށީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި މިހާރުވެސް މަޖީދިއްޔާސްކޫލެވެ. ހުރިހާ
ކުލާސް ރޫމެއްގައި އިންޓަނެޓާއި، އައިބޯޑު ބޭނުންކުރެވޭން ހުރެއެވެ.
ސެކަންޑަރީ
ކުލާސްތަކުގެ އިތުރުން ޕްރައިމަރީ ކްލާސްތަކަށް ވެސް މިވަޞީލަތްތައް ފުރިހަމައަށް
ބޭނުންކުރާކަން ފާހަގަ ކުރަމެވެ. ވީމާ، މީކާމިޔާބު ވަޞީލަތްތައް ދަރިވަރުން
ބަލައިގަންނެ ޝައުޤުވެރި ކުރުވަނިވި ވަޞީލަތަކަށްވެ، މެނޭޖް ކުރުމުގާ ފަސޭހަ
ވަޞީލަތެއްކަން ފާހަގަ ކުރަމެވެ.
ޒަމާނާއެެއްގޮތަށް
އަޅުގަނޑުމެންގެ ކުލާސްތަށް ކުރިއަރަމުންދަނީ ބާރު ދުވެއްޔެއްގައިކަން ކަށަވަރެވެ.
މާލެއެކޭ އެއްފަދައިން ރާއްޖޭގެ ކަންކޮޅުތަކުގާވެސް އުގަންނައި ދިނުމަށް ބޭނުންވާ
ޓެކްނޮލޮޖީ ޤާއިމު ކުރަމުންދަނީ، އެބައެއްގެ ޤާބިލިއްޔަތު ހުރިމިންވަރަކުންނެވެ.
ޒަމާނާއެެއްގޮތަށް އަޅުގަނޑުމެންގެ ކުލާސްތަށް ކުރިއަރަމުންދަނީ ބާރު ދުވެއްޔެއްގައިކަން ކަށަވަރެވެ. މާލެއެކޭ އެއްފަދައިން ރާއްޖޭގެ ކަންކޮޅުތަކުގާވެސް އުގަންނައި ދިނުމަށް ބޭނުންވާ ޓެކްނޮލޮޖީ ޤާއިމު ކުރަމުންދަނީ، އެބައެއްގެ ޤާބިލިއްޔަތު ހުރިމިންވަރަކުންނެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ސްކޫލްތަކާއި ރަށްރަށުގެ ސްކޫލުތަކުގާ ވަރަށް ވާދަވެރިކަން އޮވެއެވެ. ތަމެންގެ ރަށަށްވުރެ މަމެންގެ ރަށްކުރިއެރުވުމުގެ ފޯރި ހުންނާތީވެ، އެރަށެއްގެ ރައްޔިތުން އެއްބައިވެ، ކާރީގަ ހުންނަ ރަށް ރަށަށްވުރެ ނުވަތަ އަތޮޅުގެ އެހެން ރަށްރަށާއި އަޅާކިޔާއިރު އެންމެ ކުރިއަރާފައިވާ ރަށަކަށް އެރަށް ހެދުމަށް ބޭނުންވާތީ އެންމެން ގެ އަތުން ފައިސާ އެއްކޮށްގެން ޒަމާނީ ޓެކްނޮލޮޖީއާއި މިނޫންވެސް ވަޞީލަތްތަށް ޤާއިމުކޮށް އެއްވަނަ ރަށް ކަމުގާ ހަދައެވެ. މީއެބައި މީހުންނަށް ލިބޭ ފަޚުރެއްގެ ގޮތުގާވެސް އޮންނަނީވެފައެވެ.
މީގެ މިސާލުތައް ގިނަކަން އެނގެނީ، ރާއްޖެތެރޭގެ ސްކޫލުތައް ޓެކޮނޮލޮޖީގެ ގޮތުން މާލެއަށްވުރެ ކުރިއަށް އަރާފަވާކަން ތަޢުލީމާބެހޭ ވުޒާރާއިންފާހަގަ ކުރާތީއެވެ. މިގޮތުން ށ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން އަޑުއަތޮޅާއި މެދުރާއްޖެތެތޭގައި ވެސް ގިނަ ރަށްތައް ފާހަގަ ކުރައްވައެވެ.
ދުވަހެއްދުވަހަކަށް ރާއްޖޭގެ ތަޢުލީމު ފުޅާވަމުން ދާއިރު، ގިނަބަޔަކަށް ފާހަގަ ކުރެވެމުންދަނީ މިއަދުގެ ތަޢުލީމު ނުވަތަ ތަޢުލީމުދޭ މަރުކަޒުތަކާއި ކުލާސްތަށް ޒަމާނީ ފެންވަރަށް ޓެކްނޮލޮޖީ ބޭނުންކުރެވެން ހުންނަން ޖެހޭކަމުގައެވެ. މީގެ ހެއްކެއްގެ ގޮތުން މިފަހަކަށް އައިސް ހުޅުވެމުންދާ ސްކޫލް ކޮލެޖް ޔުނިވަރުސިޓީ ތަކަކީ މިލިޔުމުގާ ކުރިންވެސް ބަޔާން ކޮށްފައިވާނެ ފަދައިން ވަރަށް ވާދަވެރި ކަމާއެކު ހުޅުވެމުންދާ ތަންތަނެވެ. މަތީފެންވަރަކަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޢުމުރާނީ ގޮތުންވެސް ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީ ކުރެވިފައިވާ ތަންތަނެވެ. މިގޮތުން ފާހަގަ ކޮއްލަލެވޭ ތަންތަނުގެ ތެރޭގާ އެވިޑް ކޮލެޖާއި މަޢުހަދިލް ޤުރުއާން ފާހަގަ ކުރަމެވެ. މިތަންތަނުގެ ފެންވަރަކީ ދަރިވަރު ކުލާހުގާ ކިޔަވާން ތިބޭއިރު ބެލެނިވެރިޔާ ކޮންމެ ތަނެއްގާ އުޅުނު ކަމުގާވިޔަސް ވަގުތުން ދަރިވަރުގެ ޙަރަކާތް ތަކާއި ދަރިވަރު ކުރާކަންތަށް ބެލޭގޮތަށް ޓެކްނޮލޮޖީގެ އުފެއްދުންތައް ޤާއިމުކޮށްފާ ހުރުމެވެ.
ޙަޤީޤަތުގާ މިފަދައިންް ޓެކްނޮލޮޖީ ޤާއިމު ކުރެވިފައިވާ ތަންތަނަކަށް މާގިނަ ޓީޗަރުންނެއްވެސް ބޭނުމެއްނުވާނެއެވެ.
އުގެނުމަށް ހުރި ޓެކްނޮލޮޖީގެ މަގުތައް
މިއަދު ދުނިޔޭގެ ގިނަބަޔަކު ބްލޮކް މޯޑަށް ކިޔަވަމުން ދާވާހަކައަކީ އެންމެން އަޑުއަހާ ވާހަކައެކެވެ. ދުނިޔޭގެ ގިނަބަޔަކު މިނިޒާމު ބޭނުންކޮށްގެން މަތީތަޢުލީމު ޙާޞިލު ކުރަމުން ގެންދެއެވެ. ދުނިޔޭގެ ކޮންމެ ތަނަކު ނުވަތަ ކޮންމެ ޤައުމަކު، ހުރިމީހަކަށް ވިޔަސް އިންޓަނެޓް އެތަނަކަށް ލިބޭނަމަ، މިދެންނެވި ބްލޮކް މޯޑަށް އުގެނުމުގެ ފުރުޞަތު ލިބިފައިވާނެއެވެ.
އެމީހެއްގެ އަމިއްލަ ޤައުމުގާ ތިބެގެން، އިނގިރޭސި ވިލާތުގެ މަޝްހޫރު ކޮލެޖް ޔުނިޔަރސިޓީ ތަކުން ތަޢުލީމު ޙާޞިލުކުރަމުންދާ މީހުން މަދެއްނޫނެވެ. އަދި މިޤައުމުގާވެސް އުޅެއެވެ. އަމިއްލަ ގޭގައި ތިއްބަވައިގެން ޔޫރަޕު ނުވަތަ ދުނިޔޭގައި ޢިލްމީގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޔުނިވަރސިޓީ ތަކުންކިޔަވަމުންގޮސް ޑޮކްޓަރީ ފާސް ނުވަތަ އެއަށްވުރެ މަތީ ފާސް ނަންގަވަމުން ގެންދަވާ، ވާހަކަ މީ އެންމެން ދަންނަކަމެކެވެ. އަސާސީ ތަޢުލީމުންފެށިގެން އެންމެ މަތީފަންތިއަށް، މިފަދަ ވަޞީލަތް ތަކުގެ ބޭނުންކޮށްގެން އުގެނިފައިވާ މީހުންނާއި އުގެނެމުންދާމީހުން ވަރަށް ގިނައެވެ.
ރާއްޖޭގެ މާޙައުލަށް ބަލާއިރު ވެސް ރާއްޖެތެރޭގަޔާއި މާލޭގާވެސް، ވަގުތުގެ ދަތިކަންހުންނަ މީހުންނާއި، ޅަދަރިމައިންފަދަ ގެއިން ބޭރަށް ދިއުން ދަތިވެފައި ތިބޭމީހުންނާއި ނުކުޅެދުން ތެރިކަން މީހުންވެސްް މިދެންނެވިފަދައިން ގޭގާތިއްބަވައިގެން ބްލޮކް މޯޑަށް އުގެނެމުންދެއެވެ. މީފަހަކަށް އައިސް ތަޢުލީމަށް އައިސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަށް ފެނިގެންދާ ކަމެވެ.
ސައުދިއަރަބިޔާފަދަ ކުރިއަރާފައިވާ ބައެއް މުސްލިމު ޤައުމުތަކުގާ ދެޖިންސު ވަކިން ކިޔަވައި ދިނުމުގެ ބޭނުމުގާ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދެޖިންސު ވަކިން ކިޔަވައި ދެވޭނެ ގޮތަށް ކުލާސްރޫމުތައް ތައްޔާރު ކުރެވި، ކޮންމެ ދަރިވަރަކަށް ކުޑަކުލާހެއް އެކުއްޖަކަށް ބޭނުންވާނެ ޓެކްނޮލޮޖީ އާއިއެކު ދެއްވާފައިވެއެވެ. މިފަދަ މަތީތަޢުލީމު ދެމުންދާ ތަންތަނުގާ ލެކްޗަރުން ފެންނާކަށްވެސް ނުތިއްބަވާނެއެވެ. ނަމަވެސް ދަރިވަރުން ބަރާބަރަށް ކުލާސްތަކަށް ޙާޟިރުވެ ފިލާވަޅުތައް އެވަގުތު ތަކުގާ ލިބިގަނެއެވެ. ދަރިވަރުން ގެ ކްލާސްރޫމުގާ ހުންނަނީ މިނީ ކޮމްޕިޓަރ ސްކްރީނެކެވެ. އެސްކިރީނުން ބޭނުންވާ ލެކްޗަރަކު ފެންނަން ހުންނާނެއެވެ. އަދި ކުރާސުވާލުތަކަށް ވަގުތުން ޖަވާބުތައް ލިބެމުންއާދެއެވެ. ހަމަ މިނިޒާމުގެ ބޭނުންކޮށްގެން ދުނިޔޭގެ ގިނަބަޔަކު ކިޔަވަމުންގެންދެއެވެ.

އަޅުގަނޑު ނިންމާލަމުންވެސްް
ދަންނަވާނީ، އުގަންނާދިނުމުގެ ދާއިރާގާ މަސައްކަތް ކުރައްވާ ބޭފުޅުންގެ
ވަށައިގެންވަނީ ޓެކްނޮލޮޖީ ކަމުގައެވެ. މިޓެކްނޮލޮޖީގެ ނިޒާމަށް އަހުލުވެރިވުމަކީ
އަޅުގަނޑުމެންގެ ކަމެކެވެ. އެދުރުން ތަމްރީން ކުރައްވާ މަރުކަޒުތަކުންވެސް
މިހާރަށްވުރެ ބޮޑަށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް ސަމާލުކަން ދެއްްވައިގެން
އުންނައިދެއްވުމެވެ. ކަމުގެ ބޭނުންތެރިކަމާ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު
އެންމެ ފަހުގެ ތަޢުލީމީ ޓެކްނޮލޮޖީގެ މާޢުލޫމާތާއި އެފަދަ ލޭޓެސްޓު ވަޞީލަތް
ތަކުގެ ބޭނުން ކުރަން ދަސްކޮށްދިނުމެވެ.
= ލިޔުނީ: ޞަބާހު އުސްމާން 7777143 =

ކުރުކޮށް ފޮނިކޮށް ގެނެސްދީފައިވާ އިބާރާތްކޮޅެއް.
ReplyDelete!މިފަދަ ފުޅާ މަޢުލޫއަކަށް ލިޔެފައިވާ މަޢުލޫމާތު މަދުކަން ފާހަގަކުރެވޭ
ReplyDeleteމަސައްކަތް ކަތާއި މަޢުލުމާތު ރަނގާޅު ކަން ފާހަގަ ކުރަން ނަމަވެސް އާރޓިކަލައް ފޮޓޯ ހިމަނާފައި ވާލެއް މަދުކަން ފާހަގަ ކުރަމެވެ.
ReplyDeleteޒަމާނީ ކްލާސްރޫމުގެ ޓެކްނުލޮޖީގެ މައްޗަށް ޚުލާޞާގޮތެއްގައި ލިޔެފައިވާ މިއާޓިކަލް ގައި ދެވިފައިވާ މަޢުލޫމާތުތަކަކީ ޓީޗަކަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެކެވެ. މިޒަމާނުގައި ޓެކްނުލޮޖީއަށް އަހުލުވެރިނުވެ ކިޔަވައި ދިނުމަކީ ވަރަށް ދަތިކަމެކެވެ.ސަބާޙުގެ މިމަސައްކަތުގެ ސަބަބުން މިފަންނުގެ ގިނަ ބަޔަކަށް ފައިދާތަކެއް ލިބިގެންދާނޭކަމަށް އުންމީދުކުރަމެވެ.
ReplyDeleteމިއީ އަމިއްލަ ތަޖުރިބާ ހިމަނައިގެން ލިޔެފައިވާ ވަރަށް ފުރިހަމަ ލިޔުމެކެވެ.
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteކުރުކޮށް ފޮނިކޮށް ނަމަވެސް ދިރާސާކުރެވިފައި ނުވާކަން ފާހަގަކުރެވޭ.
ReplyDeleteވަރަށް ރަގަޅު ލިޔުމެއެ އެކިއެކި ބައިތައް ވަކވަކިން ސްުރުޚީ ދީގެން ލިޔުނަމަ އަދި މިއަށްވުރެ ރަގަޅުވާނެ ކަމަށްފެނެ.
ReplyDeleteލިޔމުގައި އެކިސުރުހީގެ ދަށުން ބައިތަށް ހިމަނާލިމަ އިތުރަށް ފިރިހަމަވާނެކަމަށް ފެނޭ، މަސައްކަތް ކަތާއި މަޢުލުމާތު ރަނގާޅު ކަން ފާހަގަ ކުރަން
ReplyDeleteއެކިސުރުހީގެ ދަށުން މަޢުލޫމާތުތައް ގެނެސް ފޮޓޯތަކާއެކު ގެނެސްދިންނަމަ އިތުރަށް ފުރިހަމަ ވާނެ
ReplyDeleteލިޔުމުން ލިޔުން ތެރިކަމުގެ އަސަރު ފެންނަން ހުރި ލިޔުމެއް ނަމަވެސް ތަންކޮޅެއް މަޢުލޫމާތު މަދު ކަން ފާހަގަކުރަން
ReplyDeleteއަރިމަތީ ސުރުޚީ ޖަހައިގެން ލިޔެލިނަމަ ވަރަށް ފުރިހަމަވީސް. މަސައްކަތަށް ސާބަބަސް.
ReplyDelete